ENGLISH

10 އޮކްޓޯބަރު 2025

Advertisement

ޒަމާނީ ރީތި މިސްކިތެއް ބިނާކުރަން މާފަންނު ބޮޑުގެ މިސްކިތް ތަޅާލަނީ

09 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

އަލަށް އިމާރާތް ކުރާ މިސްކިތުގެ ކުރެހުން --

ޒަމާނީ ރީތި މިސްކިތެއް ބިނާކުރަން މާފަންނު ބޮޑުގެ މިސްކިތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވީ މާފަންނު ބޮޑުގެ މިސްކިތް އޮކްޓޯބަރ 17 ވަނަ ދުވަހު ހުކުރު ނަމާދުގެ ފަހުން ބަންދު ކުރާނެ ކަމަށެވެ. އަދި އެއަށް ފަހު، އެތަނުގައިވާ ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް ފަށާނެ ކަަމަށެވެ.

"..އަދި އިންޝާﷲ ނޮވެމްބަރ 4 ވަނަ ދުވަހު އެތަނުގައި އާ ޒަމާނީ މިސްކިތުގެ ބިންގާ އަޅާނެ," މިނިސްޓަރު ވިދާޅުވި އެވެ.

މާފަންނު ބޮޑުގެ މިސްކިތް ހުރި ބިމުގައި މިހާރު ހުރީ ވަގުތީ މިސްކިތެކެވެ. ވަގުތީ މިސްކިތެއްގެ ގޮތުގައި އެތަން ބޭނުންކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު