ENGLISH

10 އޮކްޓޯބަރު 2025

Advertisement

ފުލިދޫއަށް 400 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ގެންގޮސް ކޮމިޝަންކުރުމުގެ މަސައްކަތް ފަށައިފި

09 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ވ. ފުލިދޫއަށް 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ގެންގޮސް ކޮމިޝަންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސްޓެލްކޯއިން އިން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ މިއީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެކުންފުނިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އާ ޖަނެރޭޓަރު ސެޓާ އެކު ފުލިދޫގެ ޖެނެރޭޝަން ކެޕޭސިޓީ 940 ކިލޯވޮޓް އިން 1340 ކިލޯވޮޓަށް އިތުރުވާނެއެވެ. 

ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން އަންނަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން އާ ޖަނަރޭޓަރު ބޭނުންވާ ރަށްތަކަށް ޖަނަރޭޓަރު ފޮނުވައި މަރާމާތުކުރަންޖެހޭ ޖަނަރޭޓަރު ސެޓްތައް މަރާމާތުކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑި އިރު، މެދުކެޑުމެއް ނެތި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒަށް ވާސިލްވުމުށްޓަކައި ސްޓެލްކޯއާ ގުޅިގެން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު