ENGLISH
10 އޮކްޓޯބަރު 2025
މުހިންމު ބަދަލެއް؛ މިނިސްޓްރީގައި އުޅެމުން އުމްރާ ކުންފުނި ނުހިންގޭ ގޮތް ހަދަނީ
09 އޮކްޓޯބަރު 2025
|
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް އަމިއްލަ އުމްރާ ކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރި ނުވެވޭގޮތައް ހެދުމަށް މަޝްވަރާ ކުރަން ފަށައިފި އެވެ.
އެކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.
ވަޒީރު ވިދާޅުވީ އެ ވުޒާރާއަކީ ރާއްޖޭގެ އުމްރާ ކުންފުނިތައް ރެގިއުލޭޓްކުރާ ވުޒާރާކަމުން، ވުޒާރާގެ މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް އަމިއްލަ އުމްރާކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އެހެން ކަމުން ވުޒާރާގެ މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް އަމިއްލަ އުމްރާކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުން ބައިނުވެވޭގޮތައް ހެދުމަށް ދަނީ މަޝްވަރާކުރަމުން ކަމަށް ވިދާޅުވި އެވެ.
މިއީ ވަރަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމެކެވެ.
ކޮންމެ ސަރުކާރެއްގައި ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސިޔާސީ މަޤާމުތަކަށް ވަޑައިގަންނަވާ ބައެއް ބޭފުޅުންނަކީ އަމިއްލަ އުމްރާ ގުރޫޕްތައް ހިންގަވާ ބޭފުޅުންނެވެ. މިއީ މަޤާމުގެ ބޭނުން ކޮށްގެން ނާޖައިޒު ކަންކަން ކުރުމަށް މަގުފަހިވާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.