ENGLISH
10 އޮކްޓޯބަރު 2025
ވެރިކަމުން ވަކިވަމުން އަދީބު މިނިވަން ކުރުމަކީ ސޯލިހްގެ ލަދުމަދުކަމުގެ ލާމަސީލު މިސާލެއް: ސައިފް
09 އޮކްޓޯބަރު 2025
|
ރައީސް ސޯލިހް އަދި ކައުންސިލަރު ސައިފް
އެމްޑީޕީގެ ވެރިކަމުގެ އެންމެ ފަހު ވަގުތު، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މޭސްތިރިޔާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު މިނިވަންކޮށް ދޫކޮށްލުމަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ލަދުމަދު ކަމުގެ ލާމަސީލު މިސާލެއް ކަމަށް ދަ ޑިމޮކްރެޓްސްގެ މާލެ ސިޓީގެ ކައުންސިލަރު ސައިފް ފާތިޙް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައިފް، ސޯލިހަށް ފާޑުވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ޓީވީ ޕްރަގްރާމެއްގައި ސޯލިހް ވާހަކަ ދެއްކެވުމުންނެވެ.
ސައިފް ވަނީ ވެެރިކަން އޮވެ މަޖިލިސް ވެސް އޮވެމެ، ލޯ ލާރިއެއް ނުހޯދި، ވެރިކަމުން ވަކިވަމުން އަދީބު މިނިވަންކޮށްފައި ވަޑައިގަތީ އެމްްއެމްޕީއާރުސީގެ ވައްކަން އެނގިވަޑައިންނަވާ ވަރު ބޮޑުކަމުންތޯ ސޯލިހާއި ސުވާލު ކުރައްވާފަ އެވެ.
”ލަދުމަދުކަމުގެ ލާމަސީލު،” ސޯލިހްގެ އެ އަމަލަށް ނިސްބަތް ކޮށް ސައިފް ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގަތުމަށް ސޯލިހާއި އެމްޑީޕީން އެންމެ ވަރުގަދައަށް ދެއްކި ވާހަކައަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ބަލާނެ ކަމުގެ ވާހަކަ އެވެ. ނަމަވެސް ވެރިކަމަަށް ވަޑައިގެން ފަސް އަހަރު ނިންމަވާލެއްވީ ދައުލަތުން ގެއްލުނު އެންމެ ފައިސާފޮއްޗެއް ވެސް ނުހޯއްދަ އެވެ.
އޭގެ ބަދަލުގައި ޚިޔާނަތް ބެލުމަށް ކަމަށް ބުނެ ކޮމިޝަނެއް ހަދާ އެ ކޮމިޝަނަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރި އެވެ. އަދި ނަތީޖާއެއް ނުނެރެވި ޢާންމުންގެ ފާޑުކިޔުން ބޮޑުވުމުން އެންމެ ފަހުން ކޮމިޝަން އުވާލެއްވީ އެވެ.
އަދި ވެރިކަމުގެ އެންމެ ފަހު ވަގުތު ސޯލިހް ވަނީ އަދީބަށް ވަނީ މާފު ދެއްވާފަ އެވެ. ހިޔާނާތް ބޮޑު ކަމުން 800 އަހަރަށް އަދީބު ޖަލަށް ލެވޭ ވަރަށް ދައުވާ ކުރެވޭނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވިއިރު ސަރުކާރުން ބޭނުންވި ދައުވާތަކާއެކު އިއުތިރާފް އެއްބަސްވުން ހަދާ 20 އަހަރުގެ ހުކުމެއް އަދީބަށް ކުރަން ފުރުސަތު ދިނީ ސީދާ ރައިސް ސޯލިހުގެ އަމުރަށް ކަމަަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.
އަދި އޭގެ ފަހުން އަދީބަށް އެތައް ލުޔެއްދީ ރައީސް ސޯލިހްގެ ރިޔާސީ ދައުރު ހަމަވާ ސުންގަޑީގެ ސިކުންތުތަކުގެ ތެރޭން މައާފު ދިނުމާއި އަދަބު ލުއި ކުރުމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކުރެއްވުމަކީ އެ ބޮޑު ހިޔާނާތުން ރައީސް ސޯލިހަށް މާލީ މާންފާގެ ގޮތުގައި 35 މިލިއަން ރުފިޔާ ހުރި ފައިސާ ދަބަހެއް ލިބި ވަޑައިގެންނެވި ކަމަށް އޮތް ތުހުމަތު ހަގީގަތަކަށް ވުން ކަމުގައިވެސް ގިނަ ބަޔަކު ދެކެ އެވެ.