ENGLISH

10 އޮކްޓޯބަރު 2025

Advertisement

ސިއްޙީ ދާއިރާއަށް އިތުރުކުރިއެރުމެއް؛ ރާއްޖޭގައި ރެޓީނާ ލޭޒަރ ޓްރީޓްމަންޓް ދެވޭނެ ގޮތް ހަދައިފި

09 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ކުއްޖަކަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓް ދެނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތް ދޭން ފަށައިފި ސިއްޙީ ދާއިރާއިން އިތުރު ކާމިޔާބެއް ހާސިލުކޮށްފި އެވެ.

އެ ޚިދުމަތް ދޭން ފަށާފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަަލް އައި.ޖީ.އެމް.އެޗްގަ އެވެ. އެ ހޮސްޕިޓަލްގައި މި ޚިދުމަތް ރަސްމީކޮށް ފެށީ އިއްޔެ އެވެ.

ރެޓީނާ ލޭޒަރ ޓްރީޓްމަންޓަކީ ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭން ޖެހޭ މުހިންމު ޓްރީޓްމަންޓެކެވެ.

އެ ޚިދުމަތް ފެށުން ފާހަގަކޮށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލިޓީސްގެ ސީއީއޯ އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތްދޭން ފެށިގެން ދިޔުމަކީ ނުހަނު އުފާވެރި ކަމެއް ކަމަށެވެ.

އެންމެ ނާޒުކު ތުއްތު ކުދިން ކަމުގައިވާ ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ޚާއްޞަ ފަރުވާ އެއްކަން ފާހަގަކޮށް ޙަލީމް ވިދާޅުވީ މިޚިދުމަތް ރާއްޖެ އިން ދެވެން ފެށުމާއެކު މިފަދަ ކުދިންނަށް ފަރުވާ ލަސްނުވެ ދިނުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާ ކަމަށެވެ.

“މިފުރުޞަތުގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ނަރުހުންނަށް މަރުޙަބާއާއި ޝުކުރުދަންނަވަމެވެ،” ޙަލީމްގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހު ސިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފަ އެވެ.

އެގޮތުން މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް ވަސީލަތް އިތުރުކުރުމާއި އުމްރާނީ ގޮތުން ގެނައި ތަރައްޤީއާ ކުރިއެރުން ފާހަގަ ކުރެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު