ENGLISH

10 އޮކްޓޯބަރު 2025

Advertisement

ފުރަތަމަ ދިވެހީން ސިޔާސަތު؛ ދިވެހީންނަށް ފަހިވާ ގޮތަށް ފޮރިން އިންވެސްޓްމަންޓްގެ އައު އުސޫލުތައް ކަނޑައަޅައިފި

09 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ފޯރަމެއްގައި ބައިވެރިވެވަޑައިގަންނަވަނީ --

ދިވެހީންނަށް ފަހިވާ ގޮތަށް ފޮރިން އިންވެސްޓްމަންޓް އައު އުސޫލުތައް އެކުލަވާލާ ޢަމަލުކުރަން ފަށައިފި އެވެ.

ފުރަތަމަ ދިވެހީންގެ ސިޔާސަތުގެ ދަށުން ފޮރިން އިންވެސްޓްމަންޓާ ބެހޭ އައު ޤާނޫނެއް ވަނީ އެކުލަވާލާފައިވެ އެވެ. އެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ އިއްޔެ ވަނީ ދިވެހީންނަށް ފަހިވާ ގޮތަށް ފޮރިން އިންވެސްޓްމަންޓް އައު އުސޫލުތައް އެކުލަވާލާ އާންމުކޮށްފަ އެވެ. 

މި އުސޫލުގައިވާ ގޮތުން ދިވެހީންނަށް ގިނަ ފުރުސަތުތަކެއް ވަނީ ފަހިވެގެން ގޮސްފަ އެވެ. އަދި ރާއްޖޭގައި ބިދޭސީން ކުރަމުން އައި ބައެއް ވިޔަފާރިތައް ކުރުން ދެން މަނާވާނެ އެވެ.

މީގެ އިތުރުން ބޭރު މީހުންނަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް ވެސް ވަނީ ކަނޑައަޅާފަ އެވެ. އަދި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ދިވެހިންނަށް ޚާއްސަ ދާއިރާތައް

- ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި

- ލޮޖިސްޓިކްސްގެ ޚިދުމަތްތައް

- އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް

- ބަންކަރިންގެ ޚިދުމަތް

- 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައް

އައު އުސޫލާއެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އައު އުސޫލްތަކާއެކު ދިވެހިންނަށް އިތުރު ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ. އަދި އިގްތިސާދުގައި އިންވެސްޓްކުރުމަށް ފުރުސަތުތައް އިތުރަށް ފަހިވާނެ އެވެ.

އައު އުސޫލާއެކު ބޭރު ފަރާތްތަކުގެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ކުރިއެކޭވެސް އެއްގޮތަށް ޖޮއިންޓް ވެންޗަރ އުސޫލުން އިންވެސްޓްކުރުމުގެ ފުރުޞަތު، ބޭރުގެ ފަރާތްތަކާއެކު ދިވެހީންނަށް އޮންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު