ENGLISH
28 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހިންގި ވެންޓިލޭޓަރު ޚިޔާނާތް: ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ކޯޓުން އަމުރުކޮށްފި
08 އޮކްޓޯބަރު 2025
|
ކުރީގެ ރައީސް ސޯލިހް އަދި ހެލްތް މިނިސްޓަރު ނަސީމް --
ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުން ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ހިންގާފައިވާ ބޮޑު ޚިޔާނާތާއި ގުޅިގެން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓުން ޙުކުމް ކޮށްފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ސަރުކާރުގައި މި ޚިޔާނާތް ހިންގީ ކޮވިޑް-19 ގެ ދުވަސްވަރު އެވެ. އެގޮތުން 2020 ވަނަ އަހަރު ހެލްތް މިނިސްޓްރީން ވަނީ 75 ވެންޓިލޭޓަރު ގަންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްފަ އެވެ. އެކަމަށް 8.9 މިލިއަން ދިރުހަމް ނުވަތަ 37 މިލިއަން ރުފިޔާ ދޭން ނިންމި އެވެ. އަދި 34 މިލިއަން ރުފިޔާ އެއް ފަހަރާ ދޫކޮށްފައިވެ އެވެ.
ނަމަވެސް ވެންޓިލޭޓަރުތަކެއް ނުލިބުނެވެ. ވަރަށް މަދު ވެންޓިލޭޓަރުތަކެއް ލިބުނު ނަމަވެސް އެއިން ވެންޓިލޭޓަރެއް ވެސް ބޭނުން ކުރެވޭ ފަދަ ޙާލަތެއްގައި ނެތެވެ. އެ މައްސަލަ ދިވެހި ދައުލަތުން ވަނީ ދުބާއީ ކޯޓަށް ހުށައަޅާފަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު ދުބާއީ ކޯޓުން އިއްޔެ ވަނީ 31 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް އަމުރުކޮށްފަ އެވެ.
ދިވެހި ސަރުކާރުން ވަނީ އެ ފައިސާ މި މަރުހަލާ އެ ކުންފުނިން ނުލިބިއްޖެނަމަ އެ ފައިސާ ހޯދަން އިތުރަށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.