ENGLISH
28 އޮކްޓޯބަރު 2025
ފްލެޓް ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ބާއްވައިފި
08 އޮކްޓޯބަރު 2025
|
އެފްޑީސީ އިން އަޅާފައިވާ ފްލެޓުތަކެއް - ފޮޓޯ: އެޑިޝަން އެމްވީ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ފްލެޓް ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުނެގުން މިއަދު ބާއްވައިފި އެވެ.
މާދަމާ ގުރުއަތު ނަގާފައި ވަނީ ދޮރުވެރިޔާ ސްކީމުން ލިބޭ ފްލެޓްތައް ކަނޑައެޅުމަށް ނޮވެމްވަރު 16، 2023 ގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި، ފްލެޓް ލިބޭ ކަމަށް ޝަރުތުހަމަވާ މީހުންގެ ތެރޭން 73 އިން ފެށިގެން މަތިން މާކްސް ލިބި، ދެ ކޮޓަރީގެ ފްލެޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި 76 އއަށް ވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފްލެޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ ފަރާތްތަކުގެ މެދުގަ އެވެ.
ގުރުއަތު ނެގުމުގައި ދެމަފިރިންނަށް ވަކިން ފްލެޓް ލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެއް ފަރާތުން ފްލެޓް ދޫކޮށްލުމަށް ފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައް ވެސް ހިމެނި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ގުރުނެގުން ބޭއްވީ މިއަދު ހައުސިން މިނިސްޓްރީގަ އެވެ. ގުރުނެގުމުގެ ކަންކަން ކުރިއަށްދިޔައިރު އެ މަންޒަރު ވަނީ ވަގުތުން ދުރަށް ފޮނުވާފަ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލައި އެއްބަސްވުންތަކުގައި ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު ދަނީ ސޮއިކުރަމުންނެވެ. އަދި ފްލެޓްތަކުގެ ޑައުންޕޭމަންޓް ދައްކާފައިވާ ބައެއް މީހުންނަށް މިހާރު ދަނީ ފްލެޓް ހަވާލު ކުރަމުންނެވެ.