ENGLISH
22 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާ، އދ. މަންދޫއަށް ވަޑައިގަތުން
08 އޮކްޓޯބަރު 2025
|
އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އެ އަތޮޅު މަންދުއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. ދަތުރުފުޅުގެ އެންމެ ފަހު ރަށް ކަމަށްވާ މަންދުއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ އެ ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން، އެންމެ އިސްކަންދެއްވާނެ އެއް މަޝްރޫޢަކީ ސްކޫލްގެ 12 ކްލާސްރޫމްގެ މަޝްރޫޢު ކަމަށް. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލުގެ ޢަމަލީ މަސައްކަތް ނޮވެމްބަރު މަހު ފައްޓަވާ، 2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމުމަށް ކަނޑައަޅުއްވަފައިވާ ކަމަށް.