ENGLISH

28 އޮކްޓޯބަރު 2025

Advertisement

އައްޑޫ ސިޓީ ކައުންސިލާއި ގުޅޭގޮތުން ނަގާ ޢާންމު ވޯޓް މި މަހުގެ 25 ވަނަ ދުވަހު

08 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް އައްޑޫ ސިޓީ ކައުންސިލުގައި --

އައްޑޫ ސިޓީ ފޭދޫ އާއި ހުޅުދޫ އާއި މީދޫ ގައި ނަގާ ރިފަރަންޑަމް ވޯޓް މި މަހުގެ 25 ވަނަ ދުވަހު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން، އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން މި މަހުގެ 25ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، އެ ދުވަހުގެ 08:00 އިން 16:00 އަށެވެ. އަދި ރަސްމީ ނަތީޖާ އާދިއްތަ ދުވަހު އިއުލާނު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކޮންމެ ނިންމުމެއް ސަރުކާރުން ބަލައިގަންނާނެ: ރައީސް

މި ވޯޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ވޯޓްގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށެވެ. އަދި ސަރުކާރުން އިޚްތިޔާރު ކުރާ ވަކި ނަތީޖާއެއްނެތް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން އެ ސިޓީގެ ބައެއް ރައްޔިތުން ވަކާލާތު ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. 

ކިޔުންތެރިންގެ ހިޔާލު