ENGLISH

19 އޮކްޓޯބަރު 2025

Advertisement

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

08 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ބައްސާމް އަދީލް ޖަލީލް -- ފޮޓޯ: މިހާރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކޮށްފި އެވެ.

ބައްސާމްގެ މައްޗަށް ދައުލަތުން އޮތީ ޚިޔާނާތްތެރިވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގގެ ދައުވާ އުފުލާފަ އެވެ. އޭގެ ތެރެއިން މިއަދު ވަނީ ޚިޔާނާތްތެރިވުމުގެ ދައުވާއާ ގުޅިގެން ޙުކުމް އިއްވާފަ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ނަމަވެސް ދައުލަތުން ވަނީ އެ ދަޢުވާއާ ގުޅިގެން އިއްވޭނެ އެންމެ ބޮޑު އަދަދެއް ކަނޑައަޅައިދޭން އެދިފަ އެވެ. އެހެން ކަމުން މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީޢު ވަނީ އެ ދަޢުވާ ބައްސާމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާ ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފަ އެވެ.

އޭނާގެ މައްޗަށް ދެން އޮތް މަނީ ލޯންޑަރިންގ ދައުވާއާ ގުޅިގެން ޙުކުމް ކުރުން އެހެން ދުވަހަކަށް ވަނީ ފަސްކޮށްފަ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ފީފާ އިން އެފްއޭއެމްގެ ބޭނުންތަކަށް ފޮނުވި 10,000 ޑޮލަރަށް ބައްސާމް ޚިޔާނާތްތެރިވި ކަމަށް ދަޢުވާގައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު