ENGLISH
28 އޮކްޓޯބަރު 2025
ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހު ބައިސްކަލް ބުރަކާއި ކުޅިވަރު ހަވީރެއް ބާއްވަނީ
08 އޮކްޓޯބަރު 2025
|
ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން މައުލޫމާތު ދެނީ. --ފޮޓޯ: ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމެންޓް
ދުނިޔޭގެ ނަފްސާނީ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން އާއިލީ ބައިސްކަލު ބުރަކާއި ކުޅިވަރު ހަވީރެއް ބޭއްވުމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމެންޓުން ނިންމައިފައެވެ.
ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރ މަހުގެ 10 ވަނަ ދުވަހެވެ.
"އަމިއްލަ ބައިސްކަލުގައި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ" ނަމުގައި ބާއްވާ ބައިސްކަލު ބުރަކީ ބައިކް މޯލްޑިވްސް އާއި އެޗްޑީސީއާ ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 6:45 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުންނެވެ.
"ވިލުންތެރި މަހާސަމާ" ގެ ނަމުގައި ކުޅިވަރު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު ހުޅުމާލޭ ފޭސް 2 ހިޔާ ޕާކުގެ އިތުރުން ރުއްގަޑު ތިނެއްގައެވެ. މި ހަރަކާތުގައި ރާއްޖޭގެ ގިނަ ވުޒާރާތަކަކާއި މުއައްސަސާތަކުން ބައިވެރިވާނެއެވެ.
މި ކުޅިވަރު ހަވީރުގައި ހިމެނޭ ހަރަކާތްތަކުގެ ތެރޭގައި ސްކްރީނިން، ފޭސް ޕެއިންޓިންގ، މައުލޫމާތު ދިނުން، ވާހަކަ ކިޔައިދުނުމުގެ އިތުރުން ވެސް ތަފާތު މަޖާ ހަރަކާތްތައް ހިމެނޭ އިތުރު ސްޓޯލްތައް ހުންނާނެ ކަމަށް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ބުންޏެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، މުޅި ރާއްޖޭގައި ފަސޭހައިން ފަރުވާ ލިބޭނެ ގޮތް އެކަށައެޅުމަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވަނީ ވިދާޅުވެފައެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ 24 ގަޑިއިރުގެ ހެލްޕްލައިން ޚިދުމަތެއް ގާއިމުކޮށްފައެވެ. މި ހެލްޕްލައިންގެ ޚިދުމަތް ވަރަށް ގިނަ ދިވެހި ރައްޔިތުން އަންނަނީ ބޭނުންކުރަމުންނެވެ.