ENGLISH

18 އޮކްޓޯބަރު 2025

Advertisement

ލ. މާވަށު ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

08 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ލ. މާވަށުގެ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއިން ފަށައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ފެށި މާވަށު ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ޖޫން މަހު މާވަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށުން 15 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ލ. މާވަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ ޖުލައި، 2023 ގައެވެ.

އާބާދީގައި 2200 މީހުން ދިރިއުޅޭ މާވަށު ރައްޔިތުންނަށް، ބިން ނެތިގެން ގޯތި ދޫނުކުރެވި އޮންނަތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ. 

މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، މާވަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބި، ރަށުން ގޯތި ދޫ ކުރުމަށާއި، ސިނާޢީ މަސައްކަތް ކުރުމަށް އިތުރު ޖާގަ ތަނަވަސް ވެގެން ދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު