ENGLISH

08 އޮކްޓޯބަރު 2025

Advertisement

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އަތަފަރު ފަޅަކީ، ހަންޏާމީދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

08 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރައީސަށް މަރުޙަބާ ދެންނެވުމަށް ތައްޔާރުވެފައި --

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އަތަފަރު ފަޅަކީ، އދ. ހަންޏާމީދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއެއްގޮތަށް އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫގައި ލޯކަލް ޓޫރިޒަމްގެ އިތުރު ފުރުޞަތުތައް ހޯދައިދީ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫގެ ބައެއްގެ ގޮތުގައި އެ އަތޮޅު "އުތުރު އަތަފަރު" (ކޯޑު ނަންބަރު 1218 RF) ފަޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފި ކަމަށެވެ.

މިއާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަށް އިޞްލާޙު ގެންނަވައި، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު