ENGLISH

18 އޮކްޓޯބަރު 2025

Advertisement

ރައީސް، މަހިބަދޫގެ އިސްވެރީންނާއި ބައްދަލު ކުރައްވައިފި

07 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް، މަހިބަދޫގެ އިސްވެރީންނާއި ބައްދަލު ކުރެއްވުން --

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފަ އެވެ. މިގޮތުން ކައުންސިލުން ވަނީ، ރަށުގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތަކާއި، ބަނދަރުގައި އޮޑިދޯނިފަހަރު ފަސޭހައިން އަޅާފައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން އައު ހޮސްޕިޓަލްގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުންފިލުވައިދެއްވުމަށް ކައުންސިލް މެންބަރުން އެދިވަޑައިގެންނެވި އެވެ. އަދި، ރަށުގެ ބިންހިއްކުމުގެ މަޝްރޫޢާއެކުގައި ހައުސިންގ ޔުނިޓްގެ މަސައްކަތް ބާރަށް ކުރިއަށްގެންދަވައި، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވި އެވެ. ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި މަހިބަދޫގެ އިހްތިޞާޞްގައި ހިމެނޭ މާފަރު ފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފައްޓަވައިދެއްވާފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު