ENGLISH
22 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާ، އދ. ހަންޏާމީދޫގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާ ބައްދަލުކުރެއްވުން
07 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫގައި ގެސްޓްހައުސް ހިންގަވާ ފަރާތްތަކާ ބައްދަލުކުރައްވައިފި. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި އދ. ހަންޏާމީދޫ ކައުންސިލް އިދާރާގަ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ ހަންޏާމީދޫގައި ގެސްޓްހައުސް ހިންގަވާ ފަރާތްތަކުގެ ވިޔަފާރި ކުރިއަށްގެންދިއުމަށް ހިއްވަރުދެއްވައި، އެ ފަރާތްތަކަށް ވިޔަފާރީގެ ކުރިއެރުމަށް ހުރި އެކިއެކި ހުރަސްތައް އޮޅުންފިލުއްވާފަ. މި ބައްދަލުކުރެއްވުމުގައި ގެސްޓްހައުސް ހިންގަވާ ފަރާތަކުން ދެއްކެވި ވާހަކަފުޅުގައި، އެ ރަށަކީ މިހާރުވެސް 15 ވަރަކަށް ގެސްޓްހައުސް ހުރި އަދި މިހާރުވެސް އިތުރު ފަހެއް ނޫނީ ހަ ގެސްޓްހައުސް ހަދަމުންދާ ރަށެއްކަން ފާހަގަކުރައްވާފައިވޭ. އަދި ފަތުރުވެރިންނާއި ރަށު ރައްޔިތުންނަށްވެސް ޕިކްނިކުދާނެ ރަށެއްގެ ގޮތުގައި ބޮޑުކާށިހުރާ ލިބެންނެތްނަމަ، އަތަފަރު ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވި.