ENGLISH
22 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާ، އދ. ހަންޏާމީދޫ ކައުންސިލް އިދާރާގެ އައު އިމާރާތް އިފްތިތާޙްކޮށްދެއްވުން
07 އޮކްޓޯބަރު 2025
|
އދ. ހަންޏާމީދޫގައި ސަރުކާރުން އިމާރާތްކުރި ކައުންސިލްގެ އާ އިމާރާތް ރައީސުލްޖުމްހޫޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި. ހަންޏާމީދޫ ކައުންސިލް އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތް ބައްލަވާލައްވާފަ. އަދި، އާ އިމާރާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގެ އިސްވެރިންނާ ބައްދަލުކުރައްވާފަ. ކައުންސިލް އިދާރާތައް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން މިހާރު އަންނަނީ ކުރަމުން. އެގޮތުން ބައެއް ރަށްރަށުގައި މުޅިން އާ ކައުންސިލް އިމާރާތްތައް އަޅަން މިހާރު ވަނީ ހަވާލުކޮށްފަ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ރަނގަޅު ފެންވަރުގެ ކައުންސިލް އިމާރާތްތައް ގާއިމުކޮށް، އާއްމު ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތް މިހާރަށްވުރެ ފަސޭހަކޮށް ޚިދުމަތްތައް އިތުރަށް ފުޅާކުރުން.