ENGLISH
28 އޮކްޓޯބަރު 2025
ގއ. އަތޮޅުގައި "ރައްކާ ރޯޑް ޝޯވ" ފަށަނީ
07 އޮކްޓޯބަރު 2025
|
 
            ފުލުހުންގެ "ރައްކާ ރޯޑް ޝޯވ" ދެން އޮންނާނީ ގއ އަތޮޅުގައި --
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ " ރައްކާ ރޯޑް ޝޯވ" ގއ. އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މި ޕްރޮގްރާމް އެ އަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 10 އިން 19 އަށެވެ.
ރައްކާ ރޯޑް ޝޯވ އެކި ޕްރޮގްރާމްތައް އ ގއ އަތޮޅުގެ ނުވަ ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ. އެރަށްތަކަކީ ގއ. ވިލިނގިލި، ކަނޑުހުޅުދޫ، ގެމަނަފުށި، ކޮނޑޭ، ދާންދޫ، މާމެންދޫ، ނިލަންދޫ، ކޮލަމާފުށި އަދި ދެއްވަދޫ އެވެ.
ރައްކާ ރޯޑް ޝޯވގެ ތެރެއިން ފުރަތަމަ ހަރަކާތްތައް އޮކްޓޫބަރު 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލީގަ އެވެ. އެގޮތުން އެދުވަހު އެރަށުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މި ހަރަކާތުގެ އިތުރުން ރައްކާ ރޯޑް ޝޯވގައި ތެރެއިން ޓްރެފިކް މޮނީޓަރުންގެ ޕްރޮގްރާމް، ޑްރައިވަރުންނަށް އަމާޒުކޮށްގެން ހިިންގުމަށް ހަމަޖެހިފައިވާ ސެޝަން، ފަހިރާސްތާ ޕްރޮގްރާމް، ދަރިވަރުންނާއި ބެލެނިވެރިން އަދި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް އަދި ވޯކް އެންޑް ޓޯކް ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖް ހިމެނޭ ބިލްބޯޑު އިފްތިތާހުކުރުމާއި ރޯޑް ސޭފްޓީ ހިނގާލުމަކާއި މަސްރޭހަކާއި ރޯޑް ސޭފްޓީ ކުއިޒް މުބާރާތްތަކާއި ވޮލީބޯޅަ މުބާރާތްތަކާއި ބީޗް ފެސްޓިވަލެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
"މި މަގުތައް އް އަމާންކުރަނާން" މި ޝިއާރުގެ ދަށުން ގއ. އަތޮޅުގައި ކުރިއަށް ގެންދާ ރައްކާ ރޯޑްޝޯވ އޮކްޓޫބަރު 19 ވަނަ ނިންމާލުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމް ނިންމާލުމަށް ހަމަޖެހިފައިވަނީ އެޕްރިސިއޭޝަން ޑިނަރއަކުންނެވެ.
ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޑިޕާޓްމަންޓުން އިސްނަގައިގެން ހިންގާ މި ޕްރޮގްރާމަކީ ސަރުކާރުގެ އެކި އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އަދި ވިޔަފާރިތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. އެގޮތުން އުރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމްޓީސީސީ ހިމެނެ އެވެ. އަދި ގއ. އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގއ. އަތޮޅު ކައުންސިލާ ގުޅިގެންނެވެ.
 
                       
                       
                      