ENGLISH

28 އޮކްޓޯބަރު 2025

Advertisement

ކުޑަކުދީންތަކަކާ އެކު މަސްތުގެ ހާލުގައި ތިބި ހަތަރު މީހަކު ހައްޔަރުކޮށްފި

07 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ކުޑަކުދީންތަކަކާ އެކު މަސްތުގެ ހާލުގައި ތިބި ހަތަރު މީހުން --

ކުޑަކުދީންތަކަކާ އެކު މަސްތުގެ ހާލުގައި ތިބި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވަނީ އެ މީހުންގެ މައްޗަށް ކުޑަކުދީންތަކެއްގެ "ނާޖައިޒު" މަންފާ ނެގުމުގެ ތުހުމަތު ކޮށްފަ އެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރު ކޮށްފައިވަނީ މާލޭގެ ހެންވޭރުގައި ހުރި ގެއެއް ބަލާ ފާސްކުރުމަަށް ފަހު ކަމަށެވެ.

އެ މީހުންގެ ވަނަވަރުވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މައްސަލައިގެ ތުހުމަތަށް ހައްޔަރު ކޮށްފައި ވަނީ ވ. ރަކީދޫ, ސިލްވަސްޓާ ނާފިއު ރަޝީދު އާއި މ. އެތުމާ، އަލީ އަޝްރަފް އާއި ހ. ފިނިކުރި، އިބްރާހިމް ޝިނާން އަހްމަދުގެ އިތުރުން ގދ. ވާދޫ، ޕެރިސް، ލުހާން ސައީދު އެވެ.

ފުލުހުން ބުނީ އެ މީހުން މަސްތުވާތަކެއްޗަށް ޓެސްޓްކުރިއިރު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މި މައްސަލާގައި އަނިޔާ ލިބިފައިވަނީ ހަަތަރު ކުއްޖަކަށެވެ. ފުލުހުން ބުނީ އެއީ 17 އަހަރުގެ ދެ އަންހެން ކުދީންނާއި 17 އަހަރުގެ ފިިރިހެން ކުއްޖަކާއި 16 އަހަރުގެ ފިރިހެން ކުއްޖެެއް ކަމަށެވެ. އެ މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހުގެ ބަންދުގެ މުއްދަތެއްް ވަނީ ދީފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަަހުޤީޤު ކުރަމުން ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު