ENGLISH

28 އޮކްޓޯބަރު 2025

Advertisement

ހުޅުމާލޭގެ ގޮނޑުދޮށް ސާފުކޮށް ދެ ޓަނުގެ ކުނި ނަގައިފި

07 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ހުޅުމާލޭ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން: ފޮޓޯ: އެޗްޑީސީ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ ހޮނިހިރު ދުވަހު ކުރިޔަށް ގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގައި 2.1 ޓަނުގެ ކުނި ނަގައިފައިވާ ކަމަށް އެ ކޯޕަރޭޝަން އިން ބުނެފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖް ސަރަހައްދުގައެވެ.

އެޗްޑީސީން މި ހަރަކާތުގައި ނެގި ކުނީގެ ތަފްސީލް:

  • ރީސައިކަލް ކުރެވޭ ޕްލާސްޓިކު ކުނީގެ 257.5 ކިލޯ
  • އެހެނިހެން ޕްލާސްޓިކްގެ 115 ކިލޯ
  • ބިއްލޫރި ކުނީގެ 52 ކިލޯ
  • އެލިމެނިއަމް ބާވަތްތަކުން 63 ކިލޯ

ހުޅުމާލޭ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން: ފޮޓޯ: އެޗްޑީސީ

ގޮނޑުދޮށް ސާފުކުރުމުގެ މި ހަރަކާތުގައި ނެގި އެހެނިހެން ކުނީގެ އަދަދު ވަނީ 1.6 ޓަނަށް އަރައިފައެވެ.  މި ހަރަކާތް ނިމުނުއިރު 2،122.7 ކިލޯ (2.1 ޓަނު) ގެ ކުނި ނަގާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި ހަރަކާތުގައި ނެގި ކުނިތައް ވަކިކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިން، މޮޕާ މޯލްޑިވްސް އާއި ޕާރލޭގެ އިތުރުން ރިޕަލް އެފެކްޓް އަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހޮނިހިރު ދުވަހު އެޗްޑީސީން އިސް ނަގާގެން ކުރިއަށް ގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގައި ސަރުކާރުގެ ގިނަ މުވައްސަސާތަކާއި އެކި ޖަމިއްޔާތައް ވަނީ ބައިވެރިވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު