ENGLISH

28 އޮކްޓޯބަރު 2025

Advertisement

ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް މާމިގިލީގައި އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރަނީ

07 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް މާމިގިލީގައި އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރަން ނިންމުން

އދ. މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މާމިގިއްޔަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ.

އަައިޔޫއެމްގެ މާމިގިލީ ކެންޕަސް އިމާރާތް ކުރުމަށް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގައި އދ. މާމިގިއްޔަކީ ލާމަސީލު ކާމީޔާބީއެއް ހޯދާފައިވާ، އަދި އެރޮނގުން ކުރިއަށްދިއުމުގެ ޝަޢުޤުވެރިކަން އޮތް ރަށަކަށްވާއިރު، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ރަށުގައި ތަރައްޤީކުރެއްވުމަކީ ވަރަށް މުހިންމުކަމެއްކަމުގަ އެވެ.

މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު