ENGLISH
22 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާ، އދ. ދިއްދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އައު އޭޓީއެމް ހުޅުއްވައިދެއްވުން
06 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، އދ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައިފި. އާބާދީގައި 234 މީހުން ދިރިއުޅޭ ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، މީގެކުރިން އެރަށު ރައްޔިތުން ފައިސާގެ މުއާމަލާތްތައް ކުރުމަށް ކުރި ތަކުލީފަށް ވަނީ ނިމުން އައިސްފަ. ރައީސުލްޖުމްހޫރިއްޔާ ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވިއިރު، އަރިހުގައި ބީއެމްއެލްގެ ޗެއަރމަން އަދި މެނޭޖިން ޑިރެކްޓަރ ބައިވެރިވެވަޑައިގެންނެވި.