ENGLISH

22 އޮކްޓޯބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، އދ. ފެންފުއްޓަށް ވަޑައިގަތުން

06 އޮކްޓޯބަރު 2025

|

ހަސަން އާމިރު

އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފެންފުއްޓަށް ވަޑައިގަތުމުން އެ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް އާއި ފެންފުށީ ކައުންސިލްގެ އިސް ބޭފުޅުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. ފެންފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ހުއްޓުމަކަށް އައިސްފައިވާ އެ ރަށުގެ ނަރުދަމާގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން، މިއީ ގިނަ ރަށްތަކަކަށް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާފަ. އަމިއްލަ ކުންފުންޏަކާ ހަވާލުކުރައްވާފައިވާ މި މަސައްކަތްތައް، މި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ބާރު އަޅުއްވައިގެންވެސް، އަލުން ފަށާފައި ނުވާތީ، ސަރުކާރުން މިހާރު ނިންމަވާފައިވަނީ އެއްބަސްވުން ނިމުމަކަށް ގެނެސް، އެހެން ގޮތަކުން މަޝްރޫޢުތައް ކުރިއަށްގެންދެވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި. އަދި ފެންފުށީގެ ނަރުދަމާގެ މައްސަލައަށް ހައްލު ގެނެސްދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު މިއަދު ވަނީ ދެއްވާފަ.

ކިޔުންތެރިންގެ ހިޔާލު