ENGLISH
29 އޮކްޓޯބަރު 2025
ރައީސް މުޢިއްޒުފަދައިން އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ އެއްވެސް ވެރިއަކު ނުދެކެން: ޤާސިމް
06 އޮކްޓޯބަރު 2025
|
ރައީސަށް ޤާސިމް މަރުޙަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދައިން އިޚްލާސްތެރި ނިޔަތެއް އޮވެގެން ރާއްޖޭގެ ތަރައްޤީއަށް މިހާ ގިނަ މަސައްކަތް ކުރައްވާ ވެރިއަކު ދެކެވަޑައިނުގަންނަވާ ކަމަށް މާމަގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ, ފެންފުށީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގާސިމް ނިސްބަތްވެވަޑައިގަންނަވާ މާމިގިލީ ދާއިރާގައި ހިމެނޭ ފެންފުށީ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ދިވެހި ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށްޓަކާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.
އަދި ވިދާޅުވީ ރާއްޖެ މިއަދު މިދެކޭ ތަރައްޤީގެ ފެށުން އައުމުގައި އެމަނިކުފާނު އުފުލާފައިވާ ބުރަ ފަސޭހައެއް ނޫން ކަމަށެވެ. ވަރަށް ގިނަ ލީޑަރުންނާއި ރައީސުންނާއެކު މަސައްކަތް ކުރެއްވެވި ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދައިން އިޚްލާސްތެރި ނިޔަތެއް އޮވެގެން ރާއްޖޭގެ ތަރައްޤީއަށް މިހާ ގިނަ މަސައްކަތް ކުރައްވާ ވެރިއަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު ހަމަ ގައިމުވެސް ހެކިވަން ރާއްޖޭގެ ދޮށީ މީހެއްގެ ހައިސިއްޔަތުން -- ގިނަ ކަންތައްތަކެއް ދުށް މީހެއްގެ ހައިސިއްޔަތުން އަދި އަމަލީ ގޮތުން ގިނަ ކަންތައްތަކެއް ކުރި އަދި ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން އޮތީ 2008 ވަނަ އަހަރުގެ ފެށިގެން މިހާތަނަށް އަޅުގަނޑު ނުދެކެެން މަނިކުފާނު (ރައީސް މުޢިއްޒު) މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އެ ހިތްވަރާ އަޒުމާ އެކީގައި ކުރިއަށް, އިޚްލާސްތެރި ނިޔަތެއް އޮވެގެން މަސައްކަތް ކުރައްވާ އެއްވެސް ވެރިއަކު އަޅުގަނޑު ނުދެކެން," ޤާާސިމް ވިދާޅުވި އެވެ.
ޤާސިމް ވިދާޅުވީ އެ ވާހަކަފުޅަކީ ރައީސް މުޢިއްޒަށް ހުޝާމަދު ކުރައްވަން ދެންނެވި ވާހަކަފުޅެއް ނޫން ކަމަށެވެ. އެއީ އެމަނިކުފާނަށް ތަޖުރިބާ ކުރެއްވުނު ހަޤީޤަތް ކަމުގައި ވިދާޅުވި އެވެ.