ENGLISH

22 އޮކްޓޯބަރު 2025

Advertisement

"މޯލްޑިވްސް ވިމެން އިން ޕޮލީސިންގް ސަމިޓް 2025" ހުޅުވުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވުން

04 އޮކްޓޯބަރު 2025

|

ހަސަން އާމިރު

"މޯލްޑިވްސް ވިމެން އިން ޕޮލީސިންގް ސަމިޓް 2025" ހުޅުވުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފި. ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ ޔުނިފޯމު އަޅައިގެން ޚިދުމަތްކުރާ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމު ކަމަށާއި، އަންހެނުންނަކީ ސުލްހަ މަސަލަސްކަން ޙިމާޔަތްކޮށް، މުޖުތަމަޢުގައި ޤާބިލުކަން އިތުރުކޮށްދޭ ވަރުގަދަ ރަމްޒެއް ކަމުގައި. "އެމްޕަވަރޑް ވިމެން: ސޭފަރ ކޮމިއުނިޓީސް" މިޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓަކީ ސަލާމަތީ ދާއިރާތަކުގައި އަންހެނުންގެ ކުރިއެރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ސަމިޓެއް. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، ސިފައިންނާއި ކަސްޓަމްސްއާއި، އިމިގްރޭޝަނާއި އަދި މިނޫންވެސް، ޔުނިފޯމުއަޅައިގެން ޚިދުމަތްކުރާ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް ތަފާތުކަން ފާހަގަކުރައްވައި، އަންހެނުންނަކީ ޤާނޫނު ނެގެހެއްޓުމުގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ހިތްވަރުދޭ ބައެއްގެ ގޮތުގައި ސިފަކުރެއްވި.

ކިޔުންތެރިންގެ ހިޔާލު