ENGLISH
03 އޮކްޓޯބަރު 2025
ސްކޭޓް އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން
02 އޮކްޓޯބަރު 2025
|
އުސްފަސްގަނޑުގައި ހަދާ ސްކޭޓް އެރީނާގެ ބިންގާ އެޅުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފި. އަދި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްގެ އިތުރުން ސްކޭޓް ކުރާ ގިނަ އަދަދެއްގެ ކުދީންނާއި އެ ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު ބައިވެރިވި މިއީ ރާއްޖޭގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ ސީއެސްއާރު ޕްރޮޖެކްޓްގެ ދަށުން ހަދާ ތަނެއް. ސްކޭޓް އެރީނާގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އާރުސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމް.