ENGLISH
16 ސެޕްޓެމްބަރު 2025
ޢަރަބި - އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ރައީސް ބައިވެރިވެވަޑައިގަތުން
16 ސެޕްޓެމްބަރު 2025
|
ޤަޠަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ ޢަރަބި - އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވި. އެ މަނިކުފާނުގެ ތަޤްރީރުގައި، އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއްކަމުގައި ސިފަކުރެއްވި. އިސްލާމީ އުންމަތުގެ އެއްވެސް ޤައުމެއް، އެކަހެރި ޙާލަތެއްގައި ޢުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނޭކަމަށް ވިދާޅުވެ، ޤަޠަރުގެ ސަރުކާރާއި އުޚުވަތްތެރި ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުންދެއްވައި އެގޮތުގައި ދިވެހިރާއްޖެ ދެމިއޮންނާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި. ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފަ. މި ސަމިޓް ކުރިއަށްދިޔައީ މި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު.