ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތުން

07 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

"ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފި. ކުޅިވަރު އެކުވެނި، ބެޑްމިންޓަން ހޯލްގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި "ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތުގެ ފައިނަލް ދެމެޗް އެމަނިކުފާނު ވަނީ ބައްލަވާލައްވާފަ. ފައިނަލް ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި "މާލޭ" ޓީމާއި "އޭދަފުށީ" ޓީމް ވާދަކޮށްފައިވާއިރު، ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ "ހުޅުދޫ ބޯއީ" އާއި "އިންޑިއާ". މި ރަސްމިއްޔާތުގައި މި މުބާރާތުގެ، ޗެމްޕިއަނުންނަށް އިނާމާއި، ހަނދާނީ ލިޔުމާއި މެޑަލް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ. މީގެ އިތުރުން، އަންހެން ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް އާއި ފިރިހެން ސްޕެޝަލް އޮލިމްޕިކްސްއަށް މެޑެއްޔާއި ޓްރޮފީ ހަވާލުކުރުންވެސް އޮތް. އަދި، "ސްޕެޝަލް އޮލިމްޕިކްސް ސިންގަންލްސް" ގައި ބައިވެރިވި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން، މެޑެއްޔާއި ޓްރޮފީވެސް ވަނީ ދީފަ.

ކިޔުންތެރިންގެ ހިޔާލު