ENGLISH

25 ނޮވެމްބަރު 2024

ރ. އަތޮޅު ސްކޫލްތަކުގެ އިސްވެރިންނަށް ހިންގި ލީޑަރޝިޕް ޕްރޮގްރާމް

25 ނޮވެމްބަރު 2024

|

އެމް އެމް

ރ އަތޮޅުގެ ސްކޫލުތަކުގެ އިސްވެރީންނަށް ލީޑަރޝިޕް އެންހޭންސްމެންޓް ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ވޯކްޝޮޕްގައި 16 ސްކޫލަކުން ޕްރިންސިޕަލުންނާއި ލީޑިންގ ޓިޗަރުން ހިމެނޭހެން ޖުމްލަ 34 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވީ މެލޭޝިއާގެ ބޭފުޅެއްކަމަށްވާ ޑރ. ބާލަސަންދުރަ. މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ސްކޫލުތައް ހިންގުމުގައި ބޭނުންކުރާ ޒަމާނީ އާ ގޮތްތަކާއި، އާ އީޖާދުތަކާ ގުޅޭ މަޢުލޫމާތު ޕްރިންސިޕަލުންނަށް ހިއްސާކޮށް، އެކަންކަމަށް އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން، ބައިވެރިންގެ މެދުގައި ރަނގަޅު ނެޓްވޯކެއް އުފެދި، ކުރިމަގުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ، މަޢުލޫމާތު ޙިއްޞާކުރުމަށް މަގުފަހިވެގެންދާނެ. މި ސިލްސިލާގެ ވޯކްޝޮޕްތައް މިހާތަނަށް ވަނީ ގދ، ގއ، ކ، މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގެ އިތުރުން އއ، ވ، މ، ފ، އަދި ދ އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފައި.

ކިޔުންތެރިންގެ ހިޔާލު