ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުން

02 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ޗައިނާގެ ޓިއަންޖިންގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ ޕްލަސް) ގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފި. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި، އިންސާނީ ކަރާމާތާއި، ސުލްހަ ޤާއިމުކޮށްދިނުމަށް ވަކާލާތުކުރުމުގައި އެސްސީއޯ ފަދަ ޖަމާއަތްތަކާއި ޤައުމުތަކުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ގޮވާލައްވާފައި. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށާއި އ.ދ.ގެ މެންބަރެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރުކަމަށާއި، 1965 ގައި ދިވެހިރާއްޖެއިން ވަކާލާތުކުރި ސުލްހައާއި، މަޝްވަރާއާއި، ޑިޕްލޮމަސީގެ އުސޫލުތަކަށް އަދިވެސް ވަކާލާތުކުރައްވަމުން ގެންދަވާނެކަމުގައި ވިދާޅުވި. އަދި، ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ނިކަމެތި ހާލަތާއިމެދު ދިވެހިރާއްޖެއިން ކަންބޮޑުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ.

ކިޔުންތެރިންގެ ހިޔާލު