ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ނޭޕާލްގެ ބޮޑުވަޒީރުއާ ބައްދަލު ކުރެއްވުން

01 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ޗައިނާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ)ގެ ހަވާސާގައި ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފި. މި ބައްދަލުވުމުގައި ދެ ގައުމުގެ ލީޑަރުން ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ ޒަމާންވީ އެކުވެރިކަމެއްކަމާއި ބަދަހި ގުޅުމެއްކަން ފާހަގަކުރައްވައި، އެ ގުޅުން އެގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓަވަން މަސައްކަތްކުރައްވަން އަޒުމު އައުކުރައްވާފަ. އެގޮތުން ތައުލީމާއި އިގުތިސާދު ސިންދަފާތުކުރުން ފަދަ ދާއިރާތަކާއި، ގިނަ ދައުލަތްތައް ބައިވެރިވާ ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރެއިން އެކުގައި މަސައްކަތްކުރުމަށް ދެ ގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވޭ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ މެދުގައި ހަރުދަނާ ގޮތެއްގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސަރަހައްދީ އެއްބާރުލުން އިތުރުކުރުމުގެ މުހިއްމުކަމާއި، ދެމެހެއްޓެނެވި ތަރައްގީ ކަށަވަރުކުރުމުގެ އަހައްމިއްޔަތު ދެ ބޭފުޅުންވެސް ފާހަގަކުރެއްވި. 

ކިޔުންތެރިންގެ ހިޔާލު