ENGLISH
04 ސެޕްޓެމްބަރު 2025
ރައީސްގެ އަނބިކަނބަލުން، 63 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން
30 އޯގަސްޓު 2025
|
ފަސްދޮޅަސް ތިން ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފި. މާލޭ ޓީޓީ ހޯލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، 63 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް 2025 ގެ ފައިނަލް މެޗް އެކަމަނާ ވަނީ ބައްލަވާލައްވާފަ. މި ރަސްމިއްޔާތުގައި މި މުބާރާތުގެ، 1 ވަނަ ޑިވިޜަންގެ އަންހެން އަދި ފިރިހެން ސިންގަލްސް، 1 ވަނަ ޑިވިޜަންގެ އަންހެން އަދި ފިރިހެން ޑަބަލްސް، އަދި 1 ވަނަ ޑިވިޜަންގެ މިކްސް ޑަބަލްސް އަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ސާޖިދާ މުޙައްމަދު. މީގެ އިތުރުންވެސް މި މުބާރާތުގެ 1 ވަނަ ޑިވިޜަންގެ އަންހެން ޓީމް އިވެންޓަށާއި ފިރިހެން ޓީމް އިވެންޓަށް އިނާމް ޙަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު. މި މުބާރާތުގެ އެހެނިހެން ވަނަތަކަށް ވެސް މި ރަސްމިއްޔާތުގައި ވަނީ އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްފަ.