ENGLISH
04 ސެޕްޓެމްބަރު 2025
ބީއެމްއެލް ނޮޅިވަރަމްފަރު ބްރާންޗް ރައީސް ހުޅުއްވައިދެއްވުން
26 އޯގަސްޓު 2025
|
ބޭންކް އޮފް މޯލްޑިވްސް އިން ހދ. ނޮޅިވަރަންފަރުގައި ބްރާންޗެއް ހުޅުވައި، އޭޓީއެމްގެ ޚިދުމަތް ފަށައިފި. އެރަށުގައި މިޚިދުމަތްތައް ރަސްމީކޮށް ފަށްޓަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން. ނޮޅިވަރަންފަރުގައި ހުޅުވާފައިވަނީ ބީއެމްއެލް އިސްލާމިކް ބްރާންޗެއް. މި ބްރާންޗު މެދުވެރިކޮށް ބޭންކިންގ ހުރިހާ ޚިދުމަތެއް ވެސް ލިބޭނެ ކަމަށް ބީއެމްއެލުން ބުނި. ނޮޅިވަރަންފަރުގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނި.