ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުން

24 އޯގަސްޓު 2025

|

ހަސަން އާމިރު

ސާދަ ސަތޭކަ ސާޅީސް ހަތްވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް، ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެން އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައިފި. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ޤައުމަށްޓަކައި އީމާންތެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން، އެ ގޮތުގައި ކުރިއަށް ދިއުމަށް އިލްތިމާސްކުރައްވާފައި. އެ މަނިކުފާނު ވިދާޅުވީ، އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން ކުރިއަށްދިއުމަށް ނިންމައިފިނަމަ، ސަރުކާރުން ގެނެސްދޭ ތަރައްޤީ އާއި ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ގެންނަ ތަރައްޤީއާ އެކު، ދިވެހިރާއްޖެއަށް ފުރިހަމަ، ވަށާޖެހޭ ތަރައްޤީ ލިބޭނޭކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމުގައި. 

ކިޔުންތެރިންގެ ހިޔާލު