ENGLISH
04 ސެޕްޓެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު އުކުޅަހަށް މިރޭ ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިގްބާލުގައި ތިބި މީހުންގެ ތެރޭން މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީއާ ރައީސް ސަލާމް ކުރައްވަނީ. އުކުޅަހު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވަނީ އެ ރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި. އޭގެ ތެރޭގައި އުކުޅަހުގައި ލޯކަލް ޓޫރިޒަމަށް ޚާއްސަކޮށްފައިވާ ބިންތަކުން 250 ގޯތި ދޫކުރެވޭ ގޮތަށް އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން އިސްލާޙު ކުރައްވާ ގޯތި ދޫކުރުމުގެ މަސައްކަތަށް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި. މީގެ އިތުރުން ރައީސް ވަނީ އުކުޅަހުގައި 50 ހައުސިން ޔުނިޓް ޤާއިމު ކުރުމުގެ މަޝްރޫޢުއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވެފައި. އަދި އެ ރަށުގެ އިޙްތިސާސަށް ލާފައިވާ ގަލަގިލިފަޅުގައި ކުރަން ކައުންސިލް ހުށަހަޅާ ޤާނޫނާއި ޚިލާފު ނޫން ކޮންމެ ކަމެއް ކުރުމުގެ ހުއްދަ ސަރުކާރުން ދޭނެ ކަމަށް ވެސް ވިދާޅުވި. އަދި ހަމަ އުކުޅަހު ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުުރުމާއި އުކުޅަހު ސުކޫލުގައި އޮފީސް އިމާރާތެއް ޤާއިމުކުރުމާއި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢުގައި ވަނީ ސޮއިކޮށްފައި.