ENGLISH
04 ސެޕްޓެމްބަރު 2025
ރަސްދޫ ޑައިލިސިސް ސެންޓަރ ރައީސް ހުޅުއްވައިދެއްވުން
20 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ރަސްދޫ އަށް މިއަދު ވަޑައިގެން އެ ރަށު ސިއްހީ މަރުކަޒުގައި ވަނީ ޑައިލިސިސް ސެންޓަރެއް ހުޅުއްވައިދެއްވާފައި. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަރަށް ޚާއްޞަކަމެއް ދެއްވައިގެން އެމަނިކުފާނުގެ އިސްނެންގެވުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑައިލިސިސްގެ ޚިދުމަތް ދެވޭ މަރުކަޒުތައް އިތުރުކުރެއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުން. ރަސްދޫ އަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށުގައި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢު އާއި އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިން ބުރި އިމާރާތުގެ މަޝްރޫޢު އާއި ރަސްދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި. އަދި ރަސްދޫ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް ވަނީ ބާއްވާފައި. މީގެ އިތުރުން ރަސްދޫ އިން އައިޑީ ކާޑް ޕްރިންޓް ކުރުމާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ވެސް ވަނީ ފައްޓަވާފައި.