ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ "އިހުސާސް" ކުރެހުމުގެ މަޢުރަޒު ބައްލަވާލެެއްވުން

15 އޯގަސްޓު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު "އިހުސާސް" ކުރެހުމުގެ މަޢުރަޒު ބައްލަވާލައްވައިފި. ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މަޢުރަޒަކީ، ރާއްޖޭގެ ހުނަރުވެރި ފަންނުވެރިއެއް ކަމަށްވާ އަބްދުالله ފާއިޒް، ދިވެހިރާއްޖޭގެ އާސާރީ ތަންތަނާއި، އެހާރާއި މިހާރުގެ ދިރިއުޅުން ދައްކުވައިދޭ ކުރެއްހުންތައް ދައްކާލުމަށް ކުރިއަށް ގެންދާ މަޢުރަޒެއް. ރާއްޖޭގެ އިތުރުން ރާއްޖެ އާއިި އަވަށްޓެރި ބައެއް ގައުމުތަކުގެ ކުރެހުންތައް ވެސް މަޢުރަޒުގައި ހިމެނޭ. ރައީސުލްޖުމްހޫރިއްޔާ ވަނީ މަޢުރަޒުގެ ކުރެހުންތައް ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ.

ކިޔުންތެރިންގެ ހިޔާލު