ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ބ. މާމަޑުއްވަރީ އެ އަތޮޅު ހިތާދޫއާ ހަވާލުކުރަން ރައީސް ނިންމަވައިފި

13 އޯގަސްޓު 2025

|

ހަސަން އާމިރު

ހިތާދޫ ކައުންސިލް މެންބަރުންނާ ރައީސް ބައްދަލު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ބ. އަތޮޅު މާމަޑުއްވަރީ އެ އަތޮޅު ހިތާދޫއާ ހަވާލު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.

ބ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހިތާދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ މާމަޑުއްވަރީއަކީ ތާރިޚަށް ބަލާއިރު ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިޤްތިޞާދީ ގޮތުން ފައިދާތަކެއް ހޯދާފައިވާ ރަށެއްކަމަށާއި، ނަމަވެސް ޓޫރިޒަމް ގްރިމަންޓެއްގެ ދަށުން މިހާރު ބަޔަކާ ޙަވާލުކުރެވި ގިނަ ދުވަސް ވެފައިވާ ރަށެއް ކަމަށެވެ. އެއީ އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ހިނގަމުންނުދާ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެގްރިމަންޓްގެ ކަންކަން ނިމުމަކަށް ގެނެސް އެރަށް ހިތާދޫއާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީސް ގުޅިގެން މާމަޑުއްވަރީގެ އެއްބަސްވުން ނިނުމަކަށް ގެނެސް އެ ރަށް ވަރަށް އަވަހަށް ހިތާދޫ ކައުންސިލްއާ ހަވާލު ކުރައްވާނެ ކަމަށެވެ. އެމަނިކުފާން ވަނީ ހިތާދޫގެ މުއްސަނދިކަން އިތުރުވާނެ ގޮތަށް މާމުޑުއްވަރީގެ ބޭނުން ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އާއްމު ފަރުދުންނަށް ފައިދާ ވާނެ ގޮތަށް އެ ރަށުގެ ބޭނުން ހިފުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

މާމަޑުއްވަރީ، ހިތާދޫއާ ހަވާލު ކުރަން ރައީސް ނިންމެވުމުން އެ ރަށުގެ ކައުންސިލްގެ ރައީސް ވަނީ އެއީ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަަށް ވިދާޅުވެފަ އެވެ. އަދި އެއީ ހިތާދޫގެ އިގްތިސާދު ހަރުދަނާކޮށް، ދުވެލި ބާރުކުރަން ލިބުނު ފުރުސަތެއް ކަމުގައި ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު