ENGLISH
08 ސެޕްޓެމްބަރު 2025
ހިތާދޫގެ ތަރައްގީއަށް މި އަހަރު ކޮށްދެއްވާނެ ކަންކަން ރައީސް ވިދާޅުވެދެއްވައިފި
13 އޯގަސްޓު 2025
|
ބ. އަތޮޅު ހިތާދޫގެ ތަރައްގީ އަށް މި އަހަރު ފައްޓަވާނެ މަޝްރޫއުތައް ރައީސުލްހުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެ ދެއްވައިފި އެވެ.
ބ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ހިތާދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ، މި އަހަރުގެ ތެރޭގައި އެ ރަށުގައި ހަތަރު ކަމެއް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި:
ރައީސް ވިދާޅުވީ މި ކަންކަން ހިތާދޫގައި ކުރިއަށް ގެންދަވާ އިރު ހުރިހާ ކަމެއް ފުރިހަމަވާ ގޮތަށް ކޮށްދެއްވާނެ ކަމަށެވެ. އޭގެ ތެރޭގައި ފުޓުބޯޅަ ދަނޑު ދިއްލުމުގެ ކަންކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މިކަންކަމުގެ އިތުރުން ހިތާދޫގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރަށްރަށުގެ މަގުތައް ހަދަން ބޭނުން ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.
"ބައެއް ރަށްރަށުން ބޭނުން ވަނީ ތާރު އަޅައިގެން ހަދަން. އަނެެއް ބައި ރަށްރަށުގެ މީހުން ބޭނުންވޭ ގާއަތުރައިގެން ހަދަން. އަދި އެހެން ބައެއް ރަށުން ބޭނުންވާ މިއިން އެއްވެސް ކަމެއް ނުކޮށް މަގަށް ވެލި އަޅާ އެއްވަރުކޮށްލައިގެން ފެންބޮޑުނުވާ ގޮތަށް ހަދަން ވެސް. ޚާއްސަކޮށް ލޯކަލް ޓޫރިޒަމް ކުރިއަށްދާ ރަށްރަށުގައި،" ހިތާދޫގެ ރައްޔިތުން ބައްދަލު ކުރައްވައި ރައީސް ވިދާޅުވިއެވެ. "މި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް މަގު ހެދުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދޭނަން. އޭރުން ރިޔާސީ އިންތިޚާބުގައިވީ ހުރިހާ ވައުދެއް އުފެއްދޭނެ."
ރައީސްގެ މި ދަތުރުފުޅުގައި ހިތާދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ވެސް އިފްތިތާހުކޮށްދެއްވައިފަ އެވެ. އަދި އެ ރަށު ސްކޫލްގައި މަލްޓި ޕާޕޯސް ހޯލެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ސޮައިކޮށްފަ އެވެ. މީގެ އިތުރުން ހިތާދޫ ބިން ހިއްކުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.