ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރި ހަތަރު ބިދޭސީން ޑީޕޯޓްކުރަން ނިންމައިފި

13 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދަނިކޮށް އިއްޔެ ރޭ ހައްޔަރުކުރި ހަތަރު ބިދޭސީން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ހައްޔަރުކުރި މީހުންނަކީ އިންޑިއާގެ ތިން ރައްޔިތުންނާއި ބަންގްލަދޭޝްގެ އެއް ރައްޔިތެކެވެ.

މި މީހުން ހައްޔަރުކުރީ އޮގަސްޓު 11 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެންނެވެ.

އޮޕަރޭޝަނުގައި މ. ރަންފިޔަ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި ދެ ކޮޓަރީގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއެވެ. މި ތަނުން ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 511 ފުޅި ފުލުހުން ވަނީ ހޯދައިފައެވެ.

މީގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ އާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނުނެވެ.

ފުލުހުން ބުނި ގޮތުގައި، އެޕާޓްމަންޓަށް ވަތްއިރު ބަނގުރާ ކައްކައި، ތައްޔާރުކޮށް، ކޭސްތަކުގައި ބަންދުކޮށްފައި ހުރި މަންޒަރު ފެނުނެވެ. އެއް ކޮޓަރީގައި ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނާއި އާލާތްތައް ހުރިއިރު، ދޮޅު ފޫޓު ނުވަތަ ދެ ފޫޓުގެ ދެ ޕްރެޝަރ ކުކަރު ގޭސް އުނދުނަކަށް އަރުވާފައި ހުއްޓެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަތަރު ބިދޭސީން ޑީޕޯޓްކުރުމަށް ނިންމާފައިވާކަން ފުލުހުން ހާމަކުރުމާއެކު، ރާއްޖޭގައި ހިނގަމުންދާ މިފަދަ ޤާނޫނާ ޚިލާފު ޙަރަކާތްތަކާ މެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު