ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ޒަކާތު ސްކޮލަރޝިޕް އަލުން ދޭން ފަށަނީ

13 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ެިއިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ޒަކާތު ސްކޮލަރޝިޕް އަލުން ދޭން ފަށަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ދެންމެ ވިދާޅުވި ގޮތުގައި ޒަކާތު ސްކޮލަރޝިޕް ޙަވާލު ކުރުމުގެ ޙަފްލާ 16 އޮގަސްޓް ވާ ހޮނިހިރު ދުވަހު އޮންނާނެ އެވެ.

މިސްކޮލަރޝިޕް މިދެވެނީ މިކަން މެދުކެނޑިފަ އޮންނާތާ ހަތް އަހަރު ފަހުން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އަދި ވިދާޅުވީ މިފަހަރު ސްކޮލަރޝިޕް ދެވޭނީ އިސްލާމީ ދާއިރާތަކުން މަތީ ތައުލީމަށް ކަމަށެވެ. މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލަރޝިޕް ދެވޭ ފުރަތަމަ ފަހަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ޒަކާތު ސްކޮލަރޝިޕް އަލުން ދޭން ފަށާއިރު ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަ ކަންތައްތަކެއް ކުރައްވަމުންނެވެ. އެކަމަށް ޚާއްސަ އިދާރާއެއް އުފައްދަވާ ޒަކާތުގެ ކަންކަން ވީހާވެސް ރަނގަޅަށް އިންތިޒާމު ކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

ނަތީޖާއެއްގެ ގޮތުން ޒަކާތް ދައްކާ މީހުންގެ ނިސްބަތް އިތުރުވެ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެކަނިވެސް ޒަކާތު ފައިސާގެ ގޮތުގައި 100 މިލިއަނަަށް ވުރެ ގިނަ ފައިސާ ލިބިފައިވެ އެވެ.

އެ ފައިސާ ހެޔޮގޮތުގައި ބޭނުންކޮށް ޒަކާތުގެ މަޤްސަދު ހާސިލުކުރެވޭނެ މަގުން ކަންކަން ދަނީ ތަރުތީބު ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު