ENGLISH

13 އޯގަސްޓު 2025

Advertisement

ރައީސް ފެހެންދޫގައި؛ އާބާދީއަށް ނުބަލާ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނެ

12 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ފެހެންދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން

އާބާދީއަށް ބެލުމެއް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ ބ. ފެހެންދޫއަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތަކެއް ވެސް ފުރިހަމަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ބ އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި ފެހެންދޫއަށް ވަޑައިގެންނެވީ މިއަދު އިރުއޮއްސުނު ވަގުތު އެވެ. އެ ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ މިހާރު ފެށިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމިގެން ދިއުން ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް މަސައްކަތް ކުރިއަށް ނުގެންދެވޭތީ ސަރުކާރުގެ ފެން ކުންފުނި -- އެމްޑަބްލިއުއެސްސީ އަށް ހަވާލުކޮށްފާވާ ކަމަށެވެ. އެ މަަސައްކަތް ކުރިއަށް ގެންދިއުމަށް ރަށުން މީހުން ލިބިފައިނުވާތީ ބޭރު މީހުން ހޯދައިގެން ވިޔަސް މަސައްކަތް އަވަސް ފެށުމަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ވަރަށް ޚާއްސަ އިސްކަމެއް ދީގެން އަވަސް ގޮތަކަށް އެ މަޝްރޫއުގެ މަސައްކަތް ނިންމަވާލަ ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އާބާދީއަށް ބެލުމެއް ނެތި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށާ އެމަނިކުފާނުގެ ސިޔާސަތަކީ އެއީ ކަމަށެވެ.

"އެންމެ ކުޑަ ރަށުގައިވެސް މި ޚިދުމަތްތައް ޤާއިމުކުރުން އަޅުގަނޑުގެ އަމާޒަކީ," ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރަށުގައި ޤާއިމުވެ ތިބޭނެ ޓީޗަރުން ހޯދުމަށް ވަރަށް ބޮޑަށް މަަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސިއްޙީ ޚިދުމަތް ޤާއިމުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ވެސް ކުޅިވަރާއި ޒުވާނުންނަށް ޚާއްސަކޮށް ހިންގެވުމަށް ނިންމަވާފައިވާ ހުރިހާ މަސައްކަތެއް މި އަހަރުތެރޭ ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

* ފުލް ސައިޒްގެ ފުޓްބޯޅަ ދަނޑެއް ހަދައިދިނުން

* ފުޓްސަލް ދަނޑުގެ ޕިޗް އާ ކުރުން

* ވޮލީ ކޯޓެއް އަޅައިދިނުން

* ފިޓްނަސް އެންޑް ރިކުރިއޭޝަން ސެންޓަރެއް

* އައުޓް ޑޯ ޖިމް

* ކުޑަކުދީންގެ ޕާކު ހެދުމުގެ މަަސައްކަތް

ރައީސް ވިދާޅުވީ އެ މަޝްރޫއުތައް މި އަހަރު ފައްޓަވާނެ ކަމަށެވެ. އަދި އެ ރަށުގައި މިސްކިތް ޤާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެ ކަމަށެވެ.

މީގެ އިތުރުން ރަށްގިރުމާއި ޖެޓީގެ މައްސަލަ ހައްލު ކުރުމުން ވެސް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގަންނަވާ ކޮންމެ ވައުދުފުޅަކީ އިޚްލާސްތެރިކަމާއެކު އެކަންކަން ކުރުމުގެ ހެޔޮ ނިޔަތް އޮވެގެން ވެވަޑައިގަންނަވާ ވަޢުދުތައް ކަމަށެވެ.

އަދި ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުތައް ވަކި ތަރުތީބެއްގެ ތެރެއިން އިޤްތިސާދީ ދަތިތަކާއެކުވެސް އެ ވަޢުދުތައް ފުއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު