ENGLISH
13 އޯގަސްޓު 2025
ރައީސް، ފެހެންދޫގެ އިސްވެރީންނާއި ބައްދަލު ކުރައްވައިފި
12 އޯގަސްޓު 2025
|
ރައީސް، ފެހެންދޫގެ އިސްވެރީންނާއި ބައްދަލު ކުރެއްވުން --
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ސްކޫލްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރާ މައްސަލައާއި ރަށުގެ ފުޓްސަލް ދަނޑުގެ ބިން އެއްވަރުކުރުމަށް ބޭނުންވާކަމާއި ރަށަށް ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް ބޭނުންވާކަމާއި ރަށުން ގެވަޅު ދޫކުރަން ބޭނުންވާކަން ހިމެނެ އެވެ.
މީގެ އިތުރުން ރަށުގެ ބްރިޖު އަރިއަޅާލާފައިވާތީ އެކަމަށް ހައްލެއް ގެނައުމަށް މަޝްވަރާ ކުރެވިފައިވާނެ ކަމަށާއި އެ ކަމަށް އަވަސް ހައްލެއް ބޭނުންވާކަން މި ބައްދަލުކުރެއްވުމުގައި މެންބަރުން ފާހަގަ ކުރައްވާފައިވެ އެވެ.
މި ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވެ އެވެ. މީގެއިތުރުން ރަށަށް އައު މިސްކިތެއް ބޭނުންވާ ކަމަށާއި ރަށުގައި އެންމެ އިމާމެއް ހުރުމުގެ ސަބަބުން އެކަމުގައި ދިމާވާ ދަތިތައް އެ ބޭފުޅުން ރައީސުލްޖޫމްހޫރިއްޔާގެ ސަމާލުކަމަށް ވަނީ ގެނެސްދެއްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފަ އެވެ.