ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

ގޮއިދޫ އަށް ވެވަޑައިގެންނެވި 12 ވައުދުފުޅު ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވުން

12 އޯގަސްޓު 2025

|

ހަސަން އާމިރު

ބ. ގޮއިދޫގެ ތަރައްގީއަށް އެރަށު ރައްޔިތުންނަށް ވެފައިވާ ހުރިހާ ވައުދެއްގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައި. ރައީސް މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު އެ އަތޮޅު ގޮއިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ފަހުގެ މައުލޫމާތުތައްވަނީ ހިއްސާކުރައްވާފަ. ރައީސް ވިދާޅުވީ ގޮއިދޫ އަށް އެމަނިކުފާން ވެވަޑައިގެންނެވި 12 ވައުދުގެ ތެރެއިން ބައެއް މަސައްކަތްތަކުގެ އަމަލީ މަސައްކަތް މިިހާރު ވެސް ފެށިފައިވާ ކަމަށް. އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރު ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ ގޮއިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން ދާ ކަމަށް. އެގޮތުން އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ޓެންޑަރިންގް ޕްރޮސެސްގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވި. 

ކިޔުންތެރިންގެ ހިޔާލު