ENGLISH
04 ސެޕްޓެމްބަރު 2025
ރައީސް އަށް ތުޅާދޫ ރައްޔިތުން މަރުހަބާ ދެންނެވުން
12 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ތުޅާދޫއަށް މިއަދު ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަނަނަވާފައި. ތުޅާދޫ އަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެ ރަށުގައި ވަނީ ކަލްޗަރަލް ސެންޓަރެއްގެ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ތުޅާދޫ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައި. ރައީސްގެ މި ދަތުރުފުޅުގައި ވަނީ ތުޅާދޫ އެއާޕޯޓުގެ ހިއްކުމުގެ އަމަލީ މަސައްކަތް ވެސް ފައްޓަވާފައި ދެއްވާފައި.