ENGLISH
08 ސެޕްޓެމްބަރު 2025
ފެހެންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި
12 އޯގަސްޓު 2025
|
ބ. ފެހެންދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުން --
ބ. ފެހެންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ބ އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު ވަނީ ފެހެންދޫއަށް ވަޑައިގެންފަ އެވެ. ފެހެންދޫން ރައީސަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ރައީސަށް މަރުހަބާ ކިޔަން ޖަމާވި ރައްޔިތުންނާއި ސަލާމް ކުރެއްވުމަށް ރައީސް ވަނީ އެ ރަށުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވާފަ އެވެ. އެ ޚިދުމަތް ފެއްޓެވުމުގެ ގޮތުން ރައީސް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފަ އެވެ.
އޭގެ ފަހުން އެ ރަށުގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ.
ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައި ދެއްވީ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން އާއި ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ގޮއިދޫ ހިމެނޭ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ތިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިހާރު ވަނީ ފުލުހުންގެ މަރުކަޒުތައް ޤާއިމު ކުރައްވާފަ އެވެ.