ENGLISH
08 ސެޕްޓެމްބަރު 2025
ގޮއިދޫއަށް އުފާވެރި ދުވަހެއް؛ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާ އޭޓީއެމްގެ ޚިދުމަތް ފަށައިފި
12 އޯގަސްޓު 2025
|
ރައީސް ގޮައިދޫއަށް ވަޑައިގަތުން --
ބ. ގޮއިދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައި އެ ރަށުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެެވެ.
މިއަދު މެންދުރު ފަހު އެ ރަށުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ގޮއިދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައި ދެއްވީ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން އާއި ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ގޮއިދޫ ހިމެނޭ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ތިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިހާރު ވަނީ ފުލުހުންގެ މަރުކަޒުތައް ޤާއިމު ކުރައްވާފަ އެވެ.
މީގެ އިތުރުން ގޮައިދޫގައި މިއަދު ވަނީ އޭޓީއެމްގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވައިފަ އެވެ.
އެ ރަށުގައި އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއަރޕަސަން އަޙްމަދު ޢަލީ ހަބީބްގެ އިތުރުން މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޝަރީފް ބައިވެރިވަޑައިގެންނެވިއެވެ.
އަމިއްލަ ރަށުގައި ތިބެގެން އޭޓީއެމްގެ ޚިދުމަތް ލިބުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ބީއެމްއެލްއިން މިހާރު އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ރައީސްގެ މި ދަތުރުފުޅު ނިމިގެންދާއިރު ބ އަތޮޅުގެ ހުރިހަ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށިގެން ދާނެ އެވެ.
ގޮައިދޫގައި ޤާއިމުކުރި އޭޓީއެމް މެދުވެރިކޮށް އާއްމު ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ފޮނުވުމުގެ އިތުރުން ކްރެޑިޓް ކާޑަށް އަދި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ.
ބީއެމްއެލްއިން ވަނީ މިއަހަރު ތެރޭ އެކަނިވެސް 37 އޭޓީއެމް ހުޅުވައިފައެވެ. ބީއެމްއެލްއިން ބުނީ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އެ ޚިދުމަތް ފެށުން ކަމަށެވެ.