ENGLISH
08 ސެޕްޓެމްބަރު 2025
ގޮއިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
12 އޯގަސްޓު 2025
|
ރައީސްގެ މި ދަތުރުފުޅު ނިމިގެންދާއިރު ބ އަތޮޅުގެ ހުރިހަ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށިގެން ދާނެ
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު އެ އަތޮޅު ގޮއިދޫއަށް ވަޑައިގެން އެރަށުގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވައިފި އެވެ.
ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއަރޕަސަން އަޙްމަދު ޢަލީ ހަބީބްގެ އިތުރުން މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޝަރީފް ބައިވެރިވަޑައިގެންނެވިއެވެ.
އަމިއްލަ ރަށުގައި ތިބެގެން އޭޓީއެމްގެ ޚިދުމަތް ލިބުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ބީއެމްއެލްއިން މިހާރު އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ރައީސްގެ މި ދަތުރުފުޅު ނިމިގެންދާއިރު ބ އަތޮޅުގެ ހުރިހަ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށިގެން ދާނެ އެވެ.
ގޮައިދޫގައި ޤާއިމުކުރި އޭޓީއެމް މެދުވެރިކޮށް އާއްމު ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ފޮނުވުމުގެ އިތުރުން ކްރެޑިޓް ކާޑަށް އަދި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލްއިން ވަނީ މިއަހަރު ތެރޭ އެކަނިވެސް 37 އޭޓީއެމް ހުޅުވައިފައެވެ. ބީއެމްއެލްއިން ބުނީ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އެ ޚިދުމަތް ފެށުން ކަމަށެވެ.