ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

އިންޓަނޭޝަނަލް ޔޫތު ޑޭ ގައި “ނޫކަށި ފެސްޓިވަލް” އެއް

12 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އިންޓަނޭޝަނަލް ޔޫތު ޑޭ އާ ގުޅިގެން “ނޫކަށި ފެސްޓިވަލް” ނަމުގައި ހާއްސަ ހަރަކާތެއް ބާއްވާން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ނިންމައިފި އެވެ.

މި ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހު 27 އިން 30 އަށް އާޓިފިޝަލް ބީޗުގަ އެވެ.

ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ޒުވާނުންގެ އެކި އުފެއްދުންތައް ދައްކައިދޭ އެކި ސްޓޯލްތައް ހިމެނޭނެ އެވެ. އޭގެ ތެރޭގައި ޒުވާން ވިޔަފާރިވެރިންގެ ތެރެއިން ކާބޯ ތަކެތި އުފައްދާ ފަރާތްތަކަށާއި އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ސްޓޯލުތައް ހިމެނޭނެއެވެ. އަދި މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ބައެއް ސްޓޯލްތައް ވެސް މި ފެސްޓިވަލްއިން ފެނިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި ފެސްޓިވަލްގައި ހަވީރު ކުޑަކުދިންނަށް ޚާއްސަ ގިނަ ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރޭގަނޑު އާޓިސްޓުންގެ ލައިވް މިއުޒިކް ސޯ ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު