ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީ އާއި ޗައިނާ މަޝްވަރާކޮށްފި

12 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ޗައިނާއާ އެކު މަޝްވަރާކޮށްފިއެވެ.

އޭސީސީއިން އެކްސްގައި ބުނެފައިވަނީ އޭސީސީގެ ވެރިން ޗައިނާގެ ސަފީރު، ކޮންގް ޝިއަންހުއާ އާ ބައްދަލުކޮށް ކޮރޮޕްޝަން ހުއްޓުވުމަށް ޗައިނާއާ ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ޗައިނާގެ ސަފީރު ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ކޮރަޕްޝަން ހުއްޓުވުމަށް ދެ ޤައުމުގައި ވެސް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

އަދި ޗައިނާގައި ކޮރަޕްޝަން ހުއްޓުވުމަށް ގެންގުޅޭ ހަރުދަނާ ނިޒާމުތަކުގެ މަޢުލޫމާތު ހިއްސާކުރެވުނެވެ.

ބައްދަލުވުމުގައި އެއްބަސްވެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ތަޖުރިބާ ހިއްސާކުރުކޮށް، ކޮރަޕްޝަން ހުއްޓުވުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާމެދު މަޝްވަރާ ކުރިއެވެ.

އަދި މީގެއިތުރުން، ދެ ޤައުމުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމެއް ޤާއިމުކުރުމާއި ކޮރަޕްޝަނަކީ ބައިނަލްއަޤްވާމީ މައްސަލައެއްކަމާއި، މިކަން ހުއްޓުވުމަށް ޤައުމުތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.

އޭސީސީން އަންނަނީ އެކި ޤައުމުތަކާއެކު ކޮރަޕްޝަން ހުއްޓުވުމާ ގުޅޭ ގޮތުން އެކުގައި މަސައްކަތްކުރުމުގެ މަޝްވަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު